އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާއި ބައްދަލު ކުރައްވައިފި އެވެ.
ރައީސް ސޯލިހު އުއްޗު އާ މިއަދު ބައްދަލު ކުރައްވާފައިވަނީ އުއްޗު ގެ ޗަމްޕާ ގިރީގަ އެވެ.
އުއްޗު ވަނީ މިއަދި ރައީސްގެ ދެ ކަނބަލުންނަށް ރޯދަ ވީއްލުމެއްވެސް އެރަށުގައި ދެއްވާފައި އެވެ.
މިބައްދަލުވުމުގައި އުއްޗު ވަނީ ރައީސް އަށް "އިބޫ 2023" ޖަހާފައިވާ ޖާޒީ އެއް ދެއްވާފައި އެވެ.
މިބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ރައީސްގެ ފަރާތްޕުޅުންނެއް ނުދެއްވަ އެވެ.
މިދިޔަ ހަފްތާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން ތަކެއްވެސް އުއްޗު އާ ބައްދަލު ކުރައްވާފައިވެ އެވެ.
ރެފްރީންގެ ނަޒާހަތްތެރިކަމާމެދު ސުވާލު ނުއުފެއްދޭނެ: ކޮލީނާ
ދިރާގު 'ވިން 2 ސްޕީޑްބޯޓްސް' ގެ ފަހު ނަސީބުވެރިޔާ ހޮވައިފި
އީރާން، ރަޝިޔާ އަދި ޗައިނާގެ ވިޔަފާރީގެ މަގަކަށް މިސައިލް ހަމަލާ

މިއީ އުއްޗުމެން ބޭނުންގޮތެއް ހަދަން އޮތް ގައުމެއްތަ. ކޮންމެ އިންތިހާބަކަށް މަދު ފައިސާކޮޅެއް ފިލިޖަހާލާފައި އެތައް މިލިޔަން ޑޮލަރެއްގެ ޓެކުހުން ރެކެނީ. ރައްޔިތުންނޭ ހޭވެރިވޭ.