މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ހުކުރު ދުވަހުގެ ރޭ މާފަންނު ފިހާރަ އެއްގެ ތެރޭގައި ހުއްޓާ ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އުމުރުން 30 އަހަރުގެ މީހަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 21:30 ހާއިރު މާފަންނުގެ ފިހާރައަކަށް ވަދެ އެ ފިހާރައިގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފެބުރުވަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޒަހަމްކޮށްލި މީހާ އަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދިނުމަސްފަހު މިހާރު ވަނީ ވެންޓިލޭޓަރަށް ލާފައި އެވެ.
ކޮމިޓީ ބައްދަލުވުމެއްގައި 15 މިނިޓު ވެސް ހޭދަ ނުވޭ: އެމްޑީޕީ
ފޯޅަވަހި ސަރަހައްދަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
ހަށިގަނޑު އަވަހަށް ވަރުބަލި ކޮށްލާ ސިއްހީ 5 މައްސަލައެއް!
