އެމްޑީޕީގެ ތަރުޖަމާނަކަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ހަމަޖައްސައިފި އެވެ.
އެމްޑީޕީން ވަނީ އަނަސް އެ މަގާމަށް ހަމަޖެއްސިކަން މިއަދު އިއުލާންކޮށްފަ އެވެ.
އެމްޑީޕީގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަނަސް އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގަ އެވެ. އަދި އޭނާ ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވެސް ވާދަކުރެއްވައި ނާކާމިޔާބުވެވަޑައިގެންފަ އެވެ.
އެމްޑީޕީގެ ޗެއާޕަރސަންގެ މަގާމަށް ފައްޔާޒް އިސްމާއިލް އައްޔަންކުރުމާއި އެކު އެ ޕާޓީގެ ހިންގުމަށް އަންނަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ.
އޮލިމްޕިކްސްގައި އެއް ޓީމެއް، ވޯލްޑް ކަޕްގައި 4 ޓީމު!
ހާލަންޑްގެ ދެ ލަނޑާއެކު ބްރެޒިލް ކަޓުވާލައި، ނޯވޭ ކުއާޓާ އަށް
ޓެކްސް ކޮމިޝަނަރުގެ މަގާމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް