ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނަސީމް (ބީއޭ ނަސީމް) އަވަހާރަވެއްޖެ އެވެ. ނަސީމް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ނަސީމަކީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން އެންމެ ފަހުން ކުރެއްވި ބޭފުޅާވެސްމެ އެވެ.
ޝައިޚް ނަސީމަކީ އިސްލާމްދީނަށް ހިދުމަތްކުރެއްވުމުގެ ދިގު ތާރީހެއް އޮތް އިލްމުވެރިއެކެވެ. އޭނާއަކީ އެންމެ ފުރަތަމަ މަދީނާގެ އިސްލާމީ ޔުނިވާސިޓީން އިސްލާމްދީނުގެ ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެއަށް ވަޑައިގެންނެވި އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް ފުރަތަމަ އެ ޕާޓީއަށް ސޮއިކުރެއްވި 3،000 މީހުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ބީއޭ ނަސީމް އެމްޑީޕީ ދޫކޮށްލެއްވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ އާންމު ކުރަން އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރުމާއި އެ ސަރުކާރުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެންނަމުން ދިޔަ ބަދަލުތަކަކީ އޭގެ ސަބަބުން އިސްލާމް ދީނަށާއި ދިވެހި ގައުމަށް ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ބަދަލުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ތަރިންގެ ތަފާތު ފެނިލުންތަކެއް!
2 އަހަރަށްފަހު ބިޔޯންސޭގެ ލަވައެއް ރިލީޒް ކޮށްފި
ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށް އިލްތިމާސްކޮށްފި