ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނުއިރު އެންމެ 24 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބެވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ 87 އިދާރީ ދާއިރާގެ މައްޗަށް 87 މެމްބަރުން ހިމެނޭ ގޮތަށް މަޖިލިސް އެކުލެވިގެންވާ އިރު ވެސް މިއަދު މަޖިލީހަށް ހާޒިރުވީ އެންމެ 24 މެމްބަރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު މަޖިލީހަށް ވަޑައިނުގަނެވިގެން ހަ މެމްބަރުން ސަލާމް ވިދާޅުވި ކަމަށާއި އަދި ތިން މެމްބަރަކު ރަސްމީ ދަތުރުފުޅެއްގައި މިއަދު އުޅުއްވާ ކަމަށެވެ.
ނަމަވެސް 87 މެމްބަރުން ހިމެނިވަޑައިގަންނަވާ އިރު، އެންމެ 24 މެމްބަރުން ޖަލްސާގައި ތިއްބެވުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
"އެހެންނަމަވެސް 87 މެންބަރުންގެ މަޖިލީހެއްގައި އަދި ގަވާއިދުން މުސާރަ ލިބޭ މަޖިލީހެއްގައި ހެނދުނުގެ ޖަލްސާ ފެށޭއިރުގައި 24 މެންބަރުން ތިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ގާނޫނީ ވާޖިބަށް އަޅުގަނޑުމެންނަށް ފަރުވާތެރިކަން ނުބެހެއްޓެނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ދެންބުނާނެ އަހަރެމެން މިކަނީ ހަލާލު މުސާރައޭ އަމިއްލައަށް މުސާރަ ހަމަޖައްސާގެން ތިބެ ރަށްޔަތުންގެ ހައްގުތަކަށް ބޭވަފާތެރިވަނީ ތިކެވެނީ އަގުރު އަލިފާނާ އަދި ތިބޭފުޅުންގެ އަނބި ދަރިންނައްވެސް ތިޔަކާންދެވެނީ ހަލާލު އެއްޗެހިތޯ؟