ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައީސް ނަޝީދުގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް މަޖިލިސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ. އަދި އެމްޑީޕީއިންވެސް މިދަތުރުފުޅާ ބެހޭ ގޮތުން ވަކި އެއްޗެއް އަދި ހާމަކޮށްފައިނުވެ އެވެ.
އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ނަޝީދަކީ އިންޑިއާގައި ވެރިކަން ކުރައްވަމުން ގެންދަވާ ބީޖޭޕީގެ އިސް ބޭފުޅުންނާ ގާތް ބޭފުޅެކެވެ. އަދި އާންމު ގޮތެއްގައި ރާއްޖެއާއި އިންޑިއާއާ ގުޅުން ހުރި މައްސަލަތަކުގައި އިންޑިއާއަށް ބުރަވެވަޑައިގެން އާންމުކޮށް ވާހަކަދައްކަވަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުވެސް ރައީސް ނަޝީދު ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.
ރައީސް ސޯލިހު ވެސް ވަނީ މިމަހުގެ ކުރީކޮޅު އިންޑިއާއަށް ވަޑައިގެންފަ އެވެ.