އިންސާފު ހޯދުމަށް ކަމަށްބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް އަނިޔާކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
ފުލުހުންގެ އިދާރާއިން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުމަކީ މި ހިދުމަތުން ނުހަނު ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގާދާނެފަދަ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން، މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ އިދާރާއިން މިފަދަ އިންޒާރެއް ދީފައިވާއިރު ކުޑަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ޓީޗަރަކު ރޭ ހުޅުމާލޭގައި ބަޔަކުވަނީ ހަވަރަށް ދީފަ އެވެ. އެފަރާތްތަކުން ބުނީ އެ މައްސަލަ މިމަހުގެ 15ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އޭނާ އަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އެ މައްސަލަ ރިޕޯޓް ކުރިކަން އެޑިއުކޭޝަނުންވެސް ވަނީ ހާމަކޮށްފަ އެވެ. އަދި މިނިސްޓްރީންވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން ވައްކަން ކުރަން އުޅުނު މީހަކަށްވެސް ކޯރާޑިއަކުން ހަމަލާދީ އޭނާގެ ބޯފަޅާލި ހާދިސާއެއް ވަނީ ހިނގާފަ އެވެ.
ޢާއްމު ރައްޔިތުން ބުނަނީ ފުލުހުންނަށް ރިޕޯޓް ކުރިއަސް ކުށްކުރާ މީހުން ހައްޔަރު ނުކުރާ ކަމަށާއި ފިޔަވަޅު ނާޅާ ކަމަށެވެ.
'ލިންޗިން' އަކީ ޤާނޫނީ ކުށެއް. ވަގެކޭ، ރޭޕް އޭ ގޮވާލާ އިރަށް އާންމުން ނުކުމެ މީހަކަށް އަނިޔާ ކުރުމަކީ ކުށެއް ކުރާ މީހަކަށް އަދަބު ދޭން ހެޔޮވާ ވަރުގެ ނިޒާމެއް ނޫން. ކުށެއް ނުކުރާ މީހަކަށްވެސް އަނިޔާ ކުރެވިދާނެ ނޭންގުމުގައި ހުރެ