މާލެ ސަރަހައްދު ގޯތި ދޫކުރާނީ ހަމައެކަނި މާލެ ރައްޔިތުންނަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދު ހަމައެކަނި މާލެ ރައްޔިތުންނަށް ގޯތި ދޫކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެކަމަށް ރައްދު ދެއްވާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލެއިން ބިންކޮޅެއް ލިބުމަކީ މާލޭ ރައްޔިތުން ވަރަށް ޒަމާނުންސުރެ އުންމީދުކޮށްގެން ތިބި ކަމެއް ކަމަށެވެ. ދިވެއްސަކަށްވެ ހުރެ، ފުރާ ފުރިހަމަވެ، އާއިލާއެއް އުފެދުނީމައި ކޮންމެ މީހަކަށް ގޯއްޗެއް އިހުޒަމާނުންސުރެ ދީ އުޅޭ ކަމަށެވެ. އެއީ އޭރަށް ބަލާއިރު މައްސަލައަކަށް ނުވިނަމަވެސް މިހާރު ކޮންމެ ރައްޔިތަކަށް ބިންދެވެން މާލޭގައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ގޯތި ދެނީ ހިލޭ ކަމަށާއި ގޯތި ދިނުމުގައި އިސްކަން ދެނީ ވެސް އެ ރަށެއްގެ ރައްޔިތުންނަށް ކަމަށެވެ. މާލެ އިން ގޯތި ދޭ އިރު ވެސް މާލޭގެ ރައްޔިތުންނަށް އިސް ކަން ދިނުމުގެ މުހިންމު ކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.
"މި ވަގުތަށް އެބަޖެހޭ ހަމަ އަސްލުގައި ވެސް މާލޭގެ ރައްޔިތުންނަށް ލިބެން ހުރި މިންވަރަކުން ގޯތި ދޭން. އަދި އެދޭ ގޯތީގައި ތަންތަން ބިނާކޮށްގެން ކުރިއަށް ގެންގޮސްދާނެއޭ، އެ ވަރުގެ މީހުން އެބަތިއްބޭ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގިރާރަވަރު ފަޅުން ވެސް މާލޭ މީހުނަށް ގޯތި ދިނުމަށް 2000 ބިން ހުސްކުރާނެ ކަމަށެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޭތީ އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލެއިން ގޯތިދޭއިރު، އިސްކަންދޭން ޖެހޭނީ މާލެ ރައްޔިތުންނަށް ކަމަށް ހުދު އެމަނިކުފާނު ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާނަމަ އެހެން ރަށްރަށުގެ މީހުންނަށް ސަރުކާރުން އަޅާ ފްލެޓުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ގެދޮރުވެރިޔާ ޕޯޓަލަށް ފޯމް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހު 26 ގައެވެ. އެއީ ހުޅުމާލެއިން 1،000 އަދި ގުޅީފަޅުން ހިއްކާ ބިމުން 2،000 ގޯއްޗެވެ.
ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ.
އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.
މާލެއިން މާލޭގެ މީހުންނަށް ގޯތިދީ. ހުޅުމާލެއާއި ވިލިނގިއްޔާއި ގުޅީފަޅާއި ތިލަފަޅާއި ގިރާވަރުފަޅަކީ މާލެއްނޫން.