ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިނގިރޭސިވިލާތުގެ މީހުންގެ ބަންދު އިތުރުކޮށްފި އެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރި މައްސަލައެއްގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެދެ މީހުންގެ ބަންދު މުއްދަތު މީގެ ކުރިން ވެސް ހަތަރު ފަހަރުގެ މަތިން އިތުރުކޮށްފައިވެ އެވެ.
އެންމެ ފަހުން ހަމަކުރި ފަނަރަ ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް އެދެމީހުންގެ ބަންދު އިތުުރުކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންނަކީވެސް އުމުރުން ސާޅީސް އަހަރުން މަތީގެ ދެމީހުންނެވެ. އަދި އެމީހުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެންކަމަށް މައުލޫމާތު ލިބެ އެވެ. އެދެމީހުންގެ ހަށިގަނޑުން ފެނުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ކަމަށްވާ ކޮކެއިން ކަމަށް މައުލޫމާތު ލިބެ އެވެ.
ބަންދުން ދޫކޮށްލާފިނަމަ ފިލައިފާނެ ކަމަށް ޝައްކުކުރެވުމާއި ގުޅިގެން އެ ދެމީހުން ހައްޔަރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދުކުރުމަށް އެދުނު ނަމަވެސް އެކަމަށް ކޯޓުން އަމުރުކޮށްފައެއް ނުވެ އެވެ.