ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދޮގު ކުރައްވައިފި އެވެ.
އެ ކަމާ ގުޅެ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ތުހުމަތު ކުރައްވާ ނަޝީދު ދެއްކެވި ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މި ތުހުމަތުތައް ރައީސް ސޯލިހަށް ކުރައްވާފައިވަނީ ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ހަވީރު ފޮނުއްވި މެސެޖްތަކެއްގަ އެވެ. ނަޝީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެ ގައުމަށް ވަޑައިގެންނެވުމާއެކު މީހަކު ފޮޓޯތަކެއް ފޮނުވާފައިވާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އައްސަވަން ޖެހިފައި އޮތް ސުވާލެއް އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ބަރަހަނާ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށް ނާޒިމް ސައްތާރު އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށް ނަޝީދު ވިދާޅުވި އެވެ. ބަރަހަނާ ފޮޓީތަކުގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނދުން ހުސެއިން ފިރިހެންކާ އަދި އަންހެނަކާއެކު ބަރަހަނާކޮށް ކޮޓަރިއެއްގައި ތިބި ފޮޓޯ އެއްވެސް ވަނީ ލީކު ވެފަ އެވެ. ނަމަވެސް އަދި އޭނާ ހައްޔަރު ކޮށްފައި ނުވެ އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ކާނަލް ނަޝީދާއި ފުލުހެއް ކަމަށްވާ (ދޮންދިގު)ވަނީ ހައްޔަރުކޮށްފަ އެވެ.
ނަޝީދު ދިގޮތަށް ހިތައް އަރާ ހުރިހާ ވާހަކަފުޅު ނުދައްކަވާ، ތިހެން ހެއްދެވީމަ މަނިކުފާނުގެ އަގު މީހުން ކުރިމަތީވެއްޓޭނީ، ދާއިދު ދައްވާނީ .... ޕުލީސް