މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އަހަރު ރާއްޖޭން ހައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި އަމީރުލް ޙައްޖުގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޑރ. ޒާހިރު ހަމަޖައްސަވާފައިވާ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ދިވެހި ޙައްޖުވެރިންގެ ކަންކަމާ ހަވާލުވެވަޑައިގަންނަވާނެ ދައުލަތުގެ އިސް މަސްއޫލުވެރިޔަކު ރައީސް ކަނޑައަޅުއްވަ އެވެ.
ރާއްޖެ އަށް މި ފަހަރު ލިބިފައި ވަނީ އެންމެ 453 ހައްޖު ކޯޓާ އެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގައަށް އެދުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ. އެ 100 މީހުން ހޮވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2 ގައި ގުރުއަތުންނެވެ.

ރޯދަ މަލާފަތް: މަސްހުނީގެ ބަދަލުގައި މަސް ކުރޮޅި!
ހުޅުމާލޭ ގެއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ