ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ގޭގޭގެ ފާރުތަކުގައި ޝިޔާރު ލިޔެ ކުރަހަން ފަށައިފި އެވެ.
އިދިކޮޅު ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހަފްތާގައި މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ނިންމައި، އެއީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅުއްވައި ގަރާރެއް ނެރެފަ އެވެ.
އިދިކޮޅުން ބެނާތައް އަނެއްކާ ވެސް ހަރުކުރަން ފަށާފައިވަނީ މާލޭގެ އެކި ގެތަކުގައި ސްޕެލިން ބަދަލުކުރުމަށްފަހު ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން އެކި ފަހަރުމަތިން ނަގާފައި ވަނިކޮށެވެ.
މީގެ އިތުރުން އިދިކޮޅުން ވަނީ މިހަރަކާތް އިތުރަށް ފުޅާކޮށް މާލޭގެ ގޭގޭގެ ފާރުގައި "އިންޑިއާ އައުޓް ޝިޔާރު ލިޔެފަ އެވެ. އެގޮތުން ރަށްދެބައި ހިނގުމުގައި ހުންނަ ގ. ގްރީން ބީންސް ގޭގެ ފާރުގައި އިންޑިއާ އައުޓް ޝިއާރު ދޭހަވާ ގޮތަށް މިހާރު ވެސް ވަނީ ގްރެފިޓީއެއް ކުރަހާފަ އެވެ.
އިދިކޮޅުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްއޮތް ތަނުގައި ވެސް އިންޑިއާ އައުޓް ޝިއާރު ދާނީ އިތުރުވަމުން ކަމަށާއި، އެ ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރަށް އަތޮޅުތެރޭގައި ވެސް ދަނީ މި ހަރަކާތަށް ހިންގަމުންނެވެ. އެގޮތުން ގއ ކޮލަމާފުށީގެ ބޭރު ގޮށީގައި ވެސް ވަނީ އިންޑިއާ އައުޓްގެ ޝިއާރު ޖަހާފަ އެވެ.
ރައީސްގެ ގަރާރާއެކު އިންޑިއާ އައުޓް ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފަށާފައި ވާއިރު، އެ ގަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ގާނޫނާ ހިލާފަށް ނެރެފައިވާ ގަރާރެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އިތުރުން ރާއްޖޭގެ ގިނަ މަޝްހޫރު ގާނޫނީ ވަކީލުން ބުނެ އެވެ. އެހެންވެ އިދިކޮޅު ކޯލިޝަނުން ވަނީ އެ ގަރާރު ބާތިލު ކުރުމަށް ސިވިލް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
މިއީ ވެރިކަން ބޭނުމުގައި އަބިދަރިން އަދިނުވީތާކައް އަމާފައްޓަރުބައިވެސް އިންޑިޔާއަދީގެންވެސް ބޭނުމީވެތިކަން ދެންވެރިކަން މަތިން ޓާޓާކިޔާމާތްﷲގެއިރާދަފުޅާއެކު ދެން ދުވަހަކުވެސްވެރިކަމެން ނުލިބޭނެ ކެނެރީނަޝީދު މޮޔަގޮވަނީ؟