ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ގައުމާއި މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައި ޕީއެސްއެމް މެދުވެރިކޮށެވެ.
ރައީސް ސޯލިހު އެންމެ ފަހުން ގައުމާއި މުޚާތަބު ކުރައްވާފައިވަނީ، ޖުމްހޫރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 10 ވަނަ ދުވަހު އެވެ. ރައީސް މިރޭ ގައުމާއި މުޚާތަބު ކުރައްވާއިރު، އެމަނިކުފާނުގެ ވާހަކަފުޅު ދިވެހި ގިނަ ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިރޭ ރައީސް ގައުމާ މުޚާޠަބު ކުރައްވައި ދައްކަވާ ވާހަކަފުޅުގައި ރާއްޖޭގެ ކޮވިޑްގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަރުކާރުންގެ ބައެއް ނިންމެވުންތައް ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވޯޓާ ގުޅޭ ގޮތުން އޮޅޭގޮތަށް މައުލޫމާތު ފަތުރާ: އޭޖީ އޮފީސް
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
ރޯދަ 2026: މުހައްމަދުއް ރަސޫލުﷲގެ އެކްޓަރުންނަށް ނަޒަރެއް!