އެމްޑީޕީއަށްޓަކާ ގުރުބާންވީ ވަކިބަޔަކު އެކަނި ނޫން ކަމަށްވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ފައްޔާޒު ވިދާޅުވީ ޕާޓީއަށް ގުރުބާން ވެފައިވަނީ އީވާ، އިމްތިޔާޒު، ހަސަން ލަތީފް، ވައްޑެ އެކަންޏެއް ނޫން ކަމަށާއި އޭނާގެ ޓީމަކީ ވެސް ޕާޓިއަށްޓަކައި ގުރުބާން ވެފައިވާ ތިބި މީހުން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އޭނާގެ ޓީމު އޮތީ ސަރުކާރާއެކީ ގަދަކޮށް ކަމަށެވެ. އަދި ސަރުކާރަށް މަޖިލިސް ތެރެއިން ހުރަސް އަޅަމުންދާ މަންޒަރު އެންމެންނަށް ފެންނާނެ ކަމަށް އިންތިޚާބަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާއަކީ ބްރޯ ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ރައްދު ދެއްވައި، އަސްލު ބްރޯއަކީ ކާކުކަން އެންމެންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބްރޯއޭ ވެސް ކިއިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިއިދާނެ. ނަމަވެސް ބްރޯއަކީ ކާކުކަން، އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ކޮންމެހެން ނޫޅެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއްްޗެހި ކިޔާކަށް،" ވަކި ބޭފުޅެއްގެ ނަން ވިދާޅު ނުވެ، ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމާލާތައް ފައްޔާޒަށް އަމާޒު ކުރައްވާ ވިދާޅުވެފައި ވަނީ މުޑުދާރު ގޮތަކަށް އިންތިހާބު "ފަސްކުރަން އުޅެނީ" ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
ޑިމޮކްރަޓިކް ގޮތަކަށް އެމްޑީީޕީ ހިންގަން އުޅޭ ބޭފުޅަކު އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިިހާރު ފެންނަނީ ސަރުކާރުން އެ އިންތިހާބަށް ނުފޫޒު ފޯރުވަން އުޅޭ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި އުޅެނީ ރަމަޟާން މަސް އައިސްގެނެއް ނޫން. ތި އުޅެނީ ހުތުރުކޮށް މިކަން ކުރަން. ތި އުޅެނީ ނުފޫޒު ފޯރުވައިގެން މިކަން ކުރަން. ތިޔަ އުޅެނީ ކޮރަޕްޝަންގެ ހަޑިމުޑުދާރު އަމަލު ވައްދައިގެން މިކަންކަން ކުރަން،" އާޒިމް ވިދާޅުވި އެވެ.
ފުރަތަމަ ކަލޭމެން އެންމެން އެއްގަލަކަށް އެރޭތޯ ބަލާބަލަ ކޮއިފުޅާ އޭގެ ފަހުން އިންތިހާބު ކަންތަކާ އުޅެން ވީނު . ބަލާއެއްނު