15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) މިއަދު މިނިވަން ވެއްޖެ އެވެ.
އޭނާ ޖަލު ހުކުމް ތަންފީޒު ކުރުމަށް މާލެއައިސް ކަރެކްޝަނާއި އަމިއްލަ އަށް ހަވާލުވީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.
އަޑުބަރޭ ޖަލަށް ލުމަށް މިދިޔަ މަހުގެ ދެވަނަ ދުވަހު ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށްފަހު އަލީ ވަހީދު ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުންނެވެ. ކޯޓަށް ހާޒިރުވުމަށް އަސްއަދަށް ޗިޓު ރައްދުކުރެވިފައިވީ ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ ހުކުމް ކުރީ އޭނާގެ އައިރު ހާޒިރުގަ އެވެ.

ލަންކާއިން މަސައްކަތު ހަފްތާ ހަތަރު ދުވަހަށް ބަދަލުކޮށްފި
އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
މާލޭގައި މާރުކޭޓު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި