އެމްޑީޕީގެ ގައުމީ މަޖިލީހަށް ވަރަށް މުހިއްމު ކަންކަން އެޖެންޑާ ކުރެވިފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ސިންގަޕޫރަށް ފުރާ ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ. އަދި މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ރައީސް ސާލިހު 5 ދުވަހުގެ ދަތުރުފުޅެއްގައި ފުރާ ވަޑައިގެންނެވިއިރު މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް މުހިއްމު ކަންތައްތަކެއް ނިންމުމަށްވަނީ އެޖެންޑާ ކުރެވިފަ އެވެ. އެގޮތުން އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހު ކަނޑައެޅުމާއި އަދި މުހިއްމު ބައެއް އިންތިހާބުތައް ބާއްވާނެ ތާރީހު ކަނޑައެޅުންވެސް ހިމެނެ އެވެ.
މީގެ އިތުރުން ރައީސް ނަޝީދުވަނީ އެޖެންޑާއަށް އިތުރު އިސްލާހުތަކެއްވެސް ހުށައަޅުއްވާފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބު 30 ޕަސެންޓް ލިބިގެން ކާމިޔާބު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށައެޅުމަށާއި ކޮންގްރެސް ބާއްވާ ނިޒާމީ ވޯޓު ބާއްވާނެ ތާރީހު ކަނޑައެޅުންފަދަ ކަންކަން ހިމެނެ އެވެ.
މިދުވަސްވަރު ގަވައިދުން ސުކޫލަށް ނުދާ 8،000 ކުދިން
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
އެމްއެމްއޭއިން މާލީ ދާއިރާގެ ހިދުމަތްތެރިންގެ އަގު ވަޒަންކޮށްފި