އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް މާދަމާ ރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިދައުރުގެ ދެވަނަ ޖަލްސާގައި މާދަމާރޭ އިސްކަންދަރު ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީގެ ހައުމީ މަޖިލިސްގައި އެޕާޓީގެ އިންތިޚާބީ އެކި މަޤާމުތަކަށާއި، އިންތިހާބުކޮށްގެން ކަނޑައަޅަންޖެހޭ ކަންކަން ކަނޑައެޅުމަށްވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

އެގޮތުން ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ އިންތިހާބާއި ޗެއާޕާސަންގެ އިންތިހާބާއި ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ އިތުރުން. އަންހެނުންގެ ރޫޚުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވާނެ ތާރީހުތައް ކަނޑައެޅުން ހިމެނެ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ މަގާމުގެ މުއްދަތު ހަމަވެފައިވާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައަޅަން ނިންމާފައިވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ބަރުލަމާނީ ގެނައުމަށް ވަކާލާތު ކުރައްވަމުންނެވެ. ކޮމަންޑޫ ދާއިރާގެ އިންތިހާބަށްފަހު ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ނުކޮށްފި ނަމަ އެމްޑީޕީ އަށް ދެން ވެރިކަމުގައި ނުތިބޭނެ ކަމަށް