ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ކޮމަންޑޫ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގިނަ ވައުދުތަކެއްވެ ވަޑައިގެންފި އެވެ.
ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ރައީސް ވިދާޅުވީ ކޮމަންޑޫގައި ހިއްކާފައިވާ ކުޑަ ބިންކޮޅުން ގޯތި ދޫކުރާނެ ކަމަށެވެ.
ގާނޫނީ ގޮތުން އެކަން ކުރެވޭނީ ކޮމަންޑޫ ކައުންސިލުން އެރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުން ކަމަށާއި އެމަސައްކަތް ނިމުނުހާ އަވަހަށް ކޮމަންޑޫން ގޯތި ދޫކުރާނެ ކަމަށެވެ. އަތޮޅު ތެރޭގެ ރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ ބައެއް ކޮމަންޑޫގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކޮމަންޑޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު އަންނާނީ އެރަށާ މަތި ކޮމަންޑޫ ގުޅާލައިގެން ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި "ފުލް ސްޕީޑްގައި" މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް އިއުލާން ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމުގެ ޕްލޭން ވެސް އޮތީ ހަދާ ނިމިފައި ކަމަށެވެ.
ކޮމަންޑޫ ބަނދަރުގެ ބޭރުތޮށީގައި ކުދި ޑިންގީ އެޅޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ރަށުގެ ރައްޔިތުން އެދޭތީ މިއަހަރު އެ މަސައްކަތް ފަށާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ކޮމަންޑޫ ކައިރީގައި އޮތް ރަށްފަތި ކިޔާ ރަށެއްގައި ޓޫރިޒަމް ފެށުމުގެ މަސައްކަތް ކެމްޕޭނާ ގުޅުވިޔަސް ފަށާނެ ކަމުގައި ވިދާޅުވި އެެވެ.
ކޮމަންޑޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރެވިގެން ކުރިއަށްދާ ކަމަށާއި އަދި ކޮމަންޑޫ ސްކޫލު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީ އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދޭނީ ސަރުކާރުގެ ކެނޑިޑޭޓަކަށް ކަމަށެވެ. އެކަން އެހެން ވިސްނުމެއްގެ އެހެން ފިކުރެއްގެ ބަޔަކަށް ނުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް އެކަމާއި ވިއްދާ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެއްގޮތަކަށް ވެސް ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓް ދޭން ނުޖެހޭނެއޭ އެކަން ކޮށް ނިންމާ ރަށުކައުންސިލާއި އެތަން ހަވާލު ކުރުމުން ދެން ކޮމަންޑޫ ރައްޔިތުން ވޯޓްދޭން ވިސްނަންވާނީ މިސަރުކާރަށް 4 އަހަރު ވެގެންދާއިރު އަޅާނުލާ އޮތް ކޮމަންޑޫ ދާއިރާ ކުއްލި އަކަށް ރައީސް އިބޫ އަށް ފެންނަން ފެށީ އެއީ ކިއެއްވެތޭ
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް މިހާރު މިއޮތް ކައްޕަޅި ސަރުކާރުން އެއިއުލާން ކުރަނީ އެއީ ސީދާ މަމެން ޕިންކީންގެ ސަބަބުންނޭ ކުދިންނޭ ޕިންކީންނަށް ތާއީދު ކުރިވަރަކަށް ކޮމަންޑޫ ދާއިރާ އަށް ސަރުކާރުން ކޮށްދޭ ކަންކަން ގިނަވާނެއޭ ޑޫ ޔޫ ރިމެމްބަރ ކެންޑިޑޭޓް ނަމްބަރު 2 ފައްތޭ ޑޫ ޔޫ ރިމެމްބަރ ކެންޑިޑޭޓް ނަމްބަރ 2 ފައްތޭ ކުދިންނޭ ހަނދާން ކުރައްޗޭ ކެންޑިޑޭޓް ނަމްބަރ 2 ފަައްތޭ ހަނދާންކުރާތީ އައި ގޮނާ މެމޮރީ އިޓް ދޯ ސްވީޓް މެމޮރީސް ދޯ..
ފުރަތަމަ ސުވާލަކީ ރައީސް އިބޫ ކޮމަންޑޫ އަށް ކުރެއްވި ދަތުރަކީ އެއީ އެމްޑީޕީގެ އަމިއްލަ ކަމެއްގައި ކުރި ދަތުރެކޭ އެކަމަކު އެދަތުރަށް ޚަރަދު ކުރީ ސަރުކާރުގެ ބަޖެޓުން ކޮބާތޭ ޒީރޯ ޓޮލެރެންސް ތަމެން ޒީރޯ ޓޮލެރެންސް އޮޅާލީތޭ އެެހެން މީހުންނަށް ވަގޭ ގޮވާއިރު ފުރަތަމަ ސަރުކާރަށް އައިސްގެން ކޮވިޑް އިން ވައްކަން ކުރީ ދެން މަޖްލީސް އިންތިޚާބުގައި ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރީ ދެން ކައުންސިލް އިންތިޚާބުގެ ކެމްޕެެއިނަށް ސަރުކާރުގެ ފައިސާއޭ މީސީދާ ދައުލަތުގެ މާލިއްޔާ އިން ކުރާ ވައްކަމޭ އެމްޑީޕީ
ރައީސް އިބޫ އައުޓް އެމްޑީޕީ ކެންޑިޑޭޓް އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ ކެންޑިޑޭޓް އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ ކެންޑިޑޭޓް އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ ކެންޑިޑޭޓް އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ ކެންޑިޑޭޓް އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ ކެންޑިޑޭޓް އައުޓް
ސުވަަލަކީ ނުހޮވިއްޖެ ނަމަ އެ ވައުދުތައް ފުއްދާދޭނެ ބާއޭ. ނޫނީ ހޮވިއްޖެ ނަމަވެސް ވައުދު ފުއްދާދޭނެބާއޭ