ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު 3 މަހަށް ފަސްކޮށްފި އެވެ. މިކަން ހާމަކުރެއްވީ މިރޭ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި ގޮތަށް ނިންމާފައި މިވަނީ, ފުލެޓުތަކުގެ ކުލި ދައްކަން ފަށާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ފުލެޓުތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުން އަޑުއުފުލަމުން ދަނިކޮށެވެ. ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށްޓަކައި, ކުލި ނުނަގައި އިތުރު ތިން މަސްދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފްލެޓްގެ ފިނިޝިންގް މަސައްކަތްތައް ނުނިންމައެވެ. މީގެތެރޭގައި ގޭގޭގައި މުށިޖެހުމާއި، ދޮރުތައް ހަރުކުރުމާއި، ކަރަންޓު ސާމާނު ހަރުކުރުންފަދަ މަސަކަތްތައް ހިމެނެއެވެ. ފިނިޝިންގް މަސައްކަތްތައް ނިންމުމަށް ފުރަތަމަ ދިނީ 3 މަސްދުވަހުގެ މުއްދަތެކެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ގިނަ ބަޔަކަށް ފްލެޓްތަކުގެ ފިނިޝިންގ ނުނިންމުމާ ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް އެޗްޑީސީއާއެކު ކުރި މަޝްވަރާތައް ނިމުނީ އެއްވެސް ކޮޅެއްގައި ނުޖެހި އެވެ. އެހެންކަމުން ހިޔާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކުވަނީ ކުލި ކުޑަކޮށް މުއްދަތު އިތުރު ކުރުމަށް ގޮވާލާ ސަރުކާރަށް އަޑުއިއްވުމަށްޓަކައި އިހްތިޖާޖު ކޮށްފަ އެވެ.
ހިޔާ ފްލެޓްގެ ކުއްޔަކީ 6500 ރު
މިސަރުކާރުން ހިޔާ ފްލެޓްސް ތަކުގެ ކުލި މާފު ކުރީ އެއީ އަމާބުނީތީ ފަރަށްދާ އުސޫލުންނޭ ސަރުކާރުގެ ގަމާރު ކަމާއި ބީތާ ކަމުން ޚާއްސަ ކޮށް ހާކިމާ އަކީ އެއީ ޕަޕެޓަކަށް ވުމުންނޭ މިކަން މިހެން ވާންމިވީ އެވްރެޖް ކޮށް ދިވެއްސަކަށް މިިލިބެނީ މަހަކު 5 ހާސް ރުފިޔާ ދެން އެއިން ދެކޮޅު ނުޖެހޭ ބަޔަކު މާލެ ސަރަހައްދުގައި އުޅޭއިރު އެންމެ ތިން މަސް ފްލެޓްސް ނިންމަން ދޭނީ އެއީ ހާކިމާގެ އެތެރޭގައި އިލްމް އަދި ވާނުވާގެ އޮށްޓަރެއްގެ މިންވަރު ވެސް ނެތީމައޭ ހާކިމާ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް
ނިކަމެތި ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ކުރަން ސަރުކާރަށް މިއެގެނީ އެއީ ރައްޔިތުން ހަނާވެ އެމެން ގެ ހަންދާ ފަހުންނޭ އެކަަމަކު ކެނެރީގެ ނަޝީދު ހުންނަވަން މާލޭގެ މުރައިދޫގެ ހަދާ އެތަނަށް ދުވާލަކު 50 މިލިއަން ރުފިޔާ ޚަރަދުކުރަނީ އެއީ ސީދާ ކުރާ ވައްކަމެކޭ އެކަން ކުރަން ޖެހޭނީ މަޖްލީހުން ފާސްކުރާ ގާނޫނަކުން ނޫނޭ އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެކަމަށް ނަގައިގެންނޭ އަދި ވޯޓްލާ މީހުންގެ %95 އެކަމަށް ތާއީދު ކޮށްގެންނޭ ކެނެރީގެ ނަޝީދުގެ އަމާބަފާ ތަރިކަމުދަލެއް ނޫނޭ ދައުލަތު
ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކުރަން ރައީސް ނިންމަވައިފި ނަމަ މިއިން އެގިގެންދާ އެއްޗަކީ މިސަރުކާރަކީ އެއީ މާލެ ސަރަހައްދުގެ ރައްޔިތުންނާއި ޖައްސާލައިގެން އުޅޭ ސަރުކާރެއް ކަން ތިޔާ ހިޔާ ފްލެޓްސް ތައް ނިންމަން ރައީސް ޔާމީން ނަންގަވާފައިވާ 45 މިލިއަން ޑޮލަރު އޮޅާލީ މިސަރުކާރުން އުނގުން ވިސްނައިގެންނޭ ދެން ރަސްފަންނުގައި ކުރަމުން އައި 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ވެސް އަސްލަންޓޭ މެން އޮޅާލީ އެއީ ހަސަދަވެރިކަން ކުރިއަށް ނެރެގެންނޭ ރައީސް އިބޫ އަށް ނޭގެއޭ މާލެ ސަރަހައްދުގައި ވެރިކަން
އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް
ފުލެޓްތަކުގަ ދިރިއުޅެން ފެށުމާއެކު ކުލިވެސް ހިނގާގޮތައް އޮތުން އިންސާފުވެރި ގޮތަކީ، ދައުލަތުގެ މުދަލެއް އެއްވެސް މީހަކަށް އަގެއް ނުދީ ބޭނުން ކުރެވޭނެ ނިޒާމެއް އޮތުން ރަގަޅެއް ނޫން. ވީމާ ޖަނަވަރީ މަހުން ފެށިގެ ފުލެޓް ތަކުގަ ދިރި އުޅޭ މީހުންނާއި މާރިޗު މަހާ ހަމައަށް ދިރިއުޅެން ފަށާ މީހުން ކުލި ދައްކަން ޖެހޭނެ ކަމަށް ގަބޫލު ކުރެވެއެވެ.